ރާއްޖޭގެ މިސްކިތްތަކުގައި ސޯލާ ޕެނެލް ހަރުކުރަން ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ސްޓެލްކޯއިން ހޯދަން މަޝްވަރާކޮށްފި އެވެ. މިކަމަށް މަޝްވަރާ ކުރައްވާފައިވަނީ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ އާއިއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ސޯލާ ޕެނެލް ހަރުކުރުމުގެ އިތުރުންވެސް މިސްކިތްތަކަށް ބޭނުންވާ ސްޓެލްކޯއާއި ގުޅުން ހުރި ކަންކަމުގައި ސްޓެލްކޯގެ ފަންނީ އެހީތެރިކަން ހޯއްދެވުމަށްވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.
ވަޒީރު އިއްޔެ ވިދާޅުވެފައިވަނީ އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އަސާސީ ކަމެއްގެ ގޮތުގައި މަޝްރޫޢުގެ ތެރެއިން، މިސްކިތް ނިމޭއިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށައި މިކަމުގެ ސަބަބުން މިސްކިތްތައް އޭސީކުރަން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މާނައަކީ އޭސީކުރިނަމަވެސް ކަރަންޓްބިލްކުޑަވެގެންދާނެ ކަމެވެ.
Minister of Islamic Affairs, Dr. Mohamed Shaheem Ali Saeed, convened with Hussain Fahmy, Managing Director of the State Electric Company (STELCO).The meeting entailed discussions on the installation of solar panels and providing technical assistance concerning mosque affairs. pic.twitter.com/mfwodF9p3F
— Ministry of Islamic Affairs (@MVIaffairs) February 7, 2024