އިންޑިއާ ކޯސްޓްގެ ދެ އުޅަނދަކުން ރާއްޖޭގެ 3 މަސްދޯންޏަށް އެރީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް! ރާއްޖޭގެ ސަރަޙައްދު ޙިމާޔަތްކޮށް ބަލަހައްޓަން ދިވެހި ސިފައިން މަސައްކަތްކުރާނެ!: އެމްއެންޑީއެފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިންޑިއާ ކޯސްޓްގެ ދެ އުޅަނދަކުން ރާއްޖޭގެ 3 މަސްދޯންޏަށް އެރީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް! ރާއްޖޭގެ ސަރަޙައްދު ޙިމާޔަތްކޮށް ބަލަހައްޓަން ދިވެހި ސިފައިން މަސައްކަތްކުރާނެ!: އެމްއެންޑީއެފް

އިންޑިއާ ކޯސްޓްގާޑުގެ ދެ އުޅަދެއްގެ ކްރޫން ޜާއްޖޭގެ 3 މަސްދޯންޏަކަށް އަރާފައިވަނީ ރާއްޖޭގެ ކަމާއި ގުޅުން ހުރި އެއްވެސް ފަރާތަކާ މަޝްވަރާކުރުމެއްނެތި ކަނޑުގެ ޤާނޫނުތަކާއި އުޞޫލުތަކާއި ޚިލާފަށް ކަމަށްވާތީ އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަންގެ ތަފްޞީލް ހޯދަން ދިވެހި ޚާރިޖިއްޔާމެދުވެރިކޮށް އިއްޔެއިން ފެށިގެން މަސައްކަތްކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. 

އެމްއެންޑީއެފުންވަނީ ރާއްޖޭގެ ސަރަޙައްދުގައި މަސްވެރިކަން ކުރަން މަސވެރިންނަށް ހިތްވަރުދީފައެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޚާއްޞަ އިޤްޠިޞޯދީ ސަރަޙައްދު ޙިމާޔަތްކޮށް ބެލެހެއްޓުމުގެ މަސައްކަތް މާތް ﷲ ވާގިފުޅާއިއެކު އެމްއެންޑީއެފުން ކުރިއަށް ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. 

ލިބިފައިވާ މާއުލޫމާތުން އެނގޭ ގޮތުގައި އިންޑިއާގެ ސިފައިން ބޭނުންވީ އެ މަސދޯނިތަކުގައި ބޭނުންކުރި ސެޓެލައިޓް ފޯނުގެ ނަމްބަރެވެ. ނަމަވެސް އެ ވަގުތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ބައެއް ދޯނިތަކުގެ މަސްވެރިން ގުޅުމުން ދިވެހި ސިފައިންގެ އިރުޝާދުގެ މަތިން ސެޓެލައިޓް ފޯނުތަކުގެ ނަމްބަރު ދީފައެއް ނުވެއެވެ.

އިންޑިއާ ސިފައިން އެ ދޯނިތަކަށް އަރައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރުވާ ގޮތުން ވެސް އިންޑިއާގެ ސިފައިން އެރި ދޯނިތައް އޮތީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައެވެ. 

އެމްއެންޑީއެފްގެ ބަޔާން:

މިއަދު އޮންލައިން