ރައީސް ޑރ.މުޢިއްޒުގެ އެންގެވުމަށް ޤައުމީ ފެންވަރުގައި ހުރިހާ އޭރިއާ ކޮމާންޑެއްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ރައީސް ޑރ.މުޢިއްޒުގެ އެންގެވުމަށް ޤައުމީ ފެންވަރުގައި ހުރިހާ އޭރިއާ ކޮމާންޑެއްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި

މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ޑރ މުޢިއްޒުގެ އެންގެވުމަށް ޤައުމީ ފެންވަރުގައި ހުރިހާ އޭރިއާ ކޮމާންޑެއްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. 

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ފެން ބޮޑުވުމުގެ ހާދިސާތައް ދަނީ ގިނަ ރަށްރަށުން ރިޕޯޓުކުރަމުންނެވެ. އަދި މިކަމުގައި އެމްއެންޑީއެފުންދަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްތައް އެމްއެންޑީއެފުންދަނީ ކުރަމުންނެވެ.
އަތޮޅުތަކުގެ ޙާލަތު ގާތުން ބަލައި ކުރަންޖެހޭ އެންމެހާ ކަންކަން ކަމާއިބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ކުރިއަށް ގެންދާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއަށް މޫސުން ގޯސްވެ، މިވަގުތުވެސް ވަނީ އދ. އަތޮޅުން ފެށިގެން ކ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފައެވެ.

މިއަދު އޮންލައިން