އެމްޕީ އަމީތު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް - ހައިކޯޓު

ކިޔުމަށް ހޭދަވާނީ 1މ
އެމްޕީ އަމީތު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް - ހައިކޯޓު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު 2017 ވަނަ އަހަރުގެ ތެރޭގައި މަޖިލިސް ކުރާ ގެއަށް ވަދެވަޑައިގަތުމުން، އެމަނިކުފާނު ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް ރާއްޖޭގެ ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

 

އެމްޕީ އަމީތު މިދިޔަ އަހަރުގެ ތެރޭގައި ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ޖެހި މައްސަލަ އިސްތިއުނާފު ކުރި ފަހުން ހައިކޯޓުން މިއަދު މިމައްސަލަ ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މިމައްސަލަ ހައިކޯޓުން ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުޙައްމަދު ފައިސަލް އެވެ.

 

އެމްޕީ އަމީތު ހައްޔަރުކުރީ ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއެކު 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް ކުރާ ގެއަށް ވަދެވަޑައިގަތް މައްސަލައިގައެވެ. އެމައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، ހުއްދަ ނޫން ތަނަކަށް ގާނޫނާ ޚިލާފަށް ވަދެފައިވާ ކަމަށް ބުނެއެވެ.

 

އެމައްސަލައިގައި ހައްޔަރުކޮށް އެތައް ދުވަހަކު އަމީތު ޖަލުގައި ބަންދުކޮށްގެން ގެންގުޅެފައިވެއެވެ.

 

މިއަދު އޮންލައިން