އަނިޔާވެރިކަމުގަ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ތައްޔާރުވަމުން އެއަންނަނީ އެއްގަމު މަގުން ޣާޒާއަށް އަރައި ގަތުމަށެވެ. ސުވާލަކީ 3 ލައްކައިގެ ބަދަލުގަ 3 މިލިއަންގެ ފައުޖެއް ޣާޒާއަށް އަރުވައި ޣާޒާ ބިމާ ހަމަކޮށް ބިން ހިފިނަމަވެސް ޔަހޫދީން ނަތަޔާންހޫއަށް މާފުކުރާނެހެއްޔެވެ؟
ޔަހޫދީންގެ ޝަކުވާއަކީ ހަމާސްއަށް އިޒްރޭލުގެ ތެރެއަށް ވަދެގަނެވުނުކަމުގެ ޝަކުވާއެވެ. ޔަހޫދީން ދެކޭ ގޮތުގައި ހަމާސްއަށް އިޒްރޭލުގެ ތެރެއަށް ވަދެގަނެވުނީ އިޒްރޭލުގެ ސިފައިން ފޭލްވުމުންނެވެ. އަދި ޣާޒާބިމާހަމަކޮށް އިޒްރޭލާ އެއްކޮށްލިނަމަވެސް ޔަހޫދީން ނަތަޔާންހޫއަށް މާފުކުރާނެ ކަމަކަށް ނުބެލެވެއެވެ.
ޔަހޫދީންނަކީ މަރުދެކެ އިންތިހާއަށް ބިރުގަންނަބައެކެވެ. ވީމާ އެމީހުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކޮންމެ ކަމެއްވެސް އެމީހުން ދެކޭނީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައެވެ.
އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ސަރުކާރަށް އެމެރިކާއިން އަންނަނީ ހުރިހާ ގޮތަކުން ވާގިވެރިވަމުންނެވެ. އެމެރިކާގެ ކަނޑުގެ ލަޝްކަރު ފޮނުވުމުގެ އިތުރުން ހިތްވަރުދެވެން ހުރި ހުރިހާ ގޮތަކުން ގެންދަނީ ޔަހޫދީންނަށް ހިތްވަރުދެމުންނެވެ. ޔަހޫދީންނަށް ހިތްވަރުދިނުމަށް އެމެރިކާގެ ދިފާޢީ ވަޒީރު ވަރަށް އަވަހަށް އިޒްރޭލަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.