އަޟްހާ އީދު އާއި ގުޅިގެން އުރީދޫން އިން އައިފޯން ސާދަ އާއި އެހެނިހެން ހާއްސަ އިނާމުތަކުގެ އިތުރުން ސަތޭކަ ޖީބީ ޑޭޓާ އާއި އެކު ބޮޑު ޗުއްޓީ ޕެކް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
އަޟްހާ އީދު އާއި ގުޅިގެން އުރީދޫން އިން އައިފޯން ސާދަ އާއި އެހެނިހެން ހާއްސަ އިނާމުތަކުގެ އިތުރުން ސަތޭކަ ޖީބީ ޑޭޓާ އާއި އެކު ބޮޑު ޗުއްޓީ ޕެކް!

 އަޟްހާ ޢީދަކީ އެއްބައިވަންތަކަމާއި އުފާފާޅުކުރުމުގެ ދުވަސްވަރެއް ކަމަށްވުމުން، މުޅި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދީ ޢީދުގެ އުފާ އެންމެ ފުރިހަމައަށް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހާއްސަ އޮފާތަކެއް އުރީދޫ މޯލްޑިވްސް އިން ލޯންޗުކޮށްފިއެވެ. އޟްހާ ޢީދާއި ގުޅިގެން އުރީދޫއިން ލޯންޗްކުރި އޮފަރ ތަކަކީ:

ބޮޑު ޗުއްޓީ ޕެކް

150 ރުފިޔާއަށް 100 ޖީބީ ޑޭޓާ، ފަސް ދުވަސް (120 ގަޑިއިރު) އަށް ލިބޭ ބޮޑު ޗުއްޓީ ޕެކަކީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ ޕެކެކެވެ. މި ޕެކާ އެކު ޢީދު ގެ އުފަލުގައި ބއިވެރިވެ ޗުއްޓީތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ވެސް މެދުނުކެނޑި ހައި ސްޕީޑް އިންޓަނެޓް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. ބޮޑު ޗުއްޓީ ޕެކް އެސްއެމްއެސް، ޔޫއެސްއެސްޑީ މެނޫ، އުރީދޫ އެޕް އަދި ކުއިކްޕޭ ފަދަ ޗެނަލްތަކުން އެކްޓިވޭޓް ކުރެވޭނެއެވެ.

·         އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް http://ore.do/app

·         އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް V150”"ޖެއްސެވުމަށްފަހު 5555 އަށް އެސްއެމްއެސް ކުރައްވާ

·         ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް، http://ore.do/boduchuttee ޒިޔާރަތް ކުރައްވާ

·         ޔޫއެސްއެސްޑީ މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް #1*929* އަށް ގުޅުއްވާ

ސުޕަރނެޓް، ފަސޭހަ، އަދި 5ޖީ އެއަރފައިބަރ އަލަށް ނަންގަވާ ފަރާތްތަކަށް އަދި އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް އައިފޯން 14 ގެ އިތުރުން ހާއްސަ އިނާމުތައް!

      އަޟްހާ އީދު ޗުއްޓީގައި އުރީދޫ ހޯމްބްރޯޑްބޭންޑް ގެ ހިދުމަތްތައް ބޭނުންކުރައްވާ ކަސްޓަމަރުންނާއި އަލަށް ޙިދުމަތްނަންގަވާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން 31 ޖުލައި 2023 ގެ ކުރިން އާ ސުޕަރނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހާ ޕްލަސް ގެ އިތުރުން 5ޖީ އެއަރފައިބަރ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އެޕަލްގެ އެންމެ ފަހުގެ ފޯނު - އައިފޯން 14 ހޯދުމުގެ ފުރުސަތު ލިބިގެންދެ އެވެ. މި ތިން ނަސީބުވެރި ފަރާތް ހޯވާނީ އޯގަސްޓް މަހުގެ ތެރޭގައެވެ.

  ހަމަ އެޔާ އެކު ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށްވެސް ހާއްސަ އިނާމުތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމް-އާރް177 ފަދަ އަގުހުރި އިނާމުތަކެއް ހިމެނެއެވެ. މި ނަސީބުވެރިފަރާތްތައް ހޮވާނީ ހޮވާނީ ޕްރޯމޯޝަނަށް ފަހު އަންނަ މަހުއެވެ.

   "އަޟްހާ އީދު ޗުއްޓީއަކީ އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް އުފަލުން ފުރިގެންވާ ދުވަސްވަރެއް. މި ހާއްސަ މުނާސަބަތުގައި ކަސްޓަމަރުންގެ ތަޖުރިބާ ތައް އިތުރުކުރުމަށް އަޅުގަނޑުމެންގެ މި ހާއްސަ އޮފަރ ކަމުދާނެކަމަށް އުންމީދުކުރަން. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތައް ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދީ މި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދިނުން. އެންމެހައި ބޭފުޅުންނަށްވެސް ބަރަކާތްތެރި އަދި އުފާވެރި ޢީދަކަށް އެދެން. އީދު މުބާރަކް!" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ.

އުރީދޫ މޯލްޑިވްސްއިން ހުރިހާ ކަސްޓަމަރުންނަށް މި އުފާވެރި އަދި ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ އަރިސްކުރެއެވެ.

މިއަދު އޮންލައިން