ޗާގޯސް މައްސަލައިގެ ގަރާރު ޖޭޕީގެ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޗާގޯސް މައްސަލައިގެ ގަރާރު ޖޭޕީގެ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފި

ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅާފައިވާ ޗާގޯސް މައްސަލައިގެ ގަރާރު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހުށައެޅުއްވި ގަރާރުގައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ރާއްޖެއަށް ލިބިދީފައިވާ 200 ނޯޓިކަލް މޭލުގެ ސަރަހައްދުގެ ތެރެއިން އިޓްލޮސްއިން ނިންމި ނިންމުމުގެ ސަބަބުން 45،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލިފައިވާކަމަށް ބުނެފައެވެ.

އިޓްލޮސްގެ ނިންމުމުގައި ރައީސުލްޖުމްހުރިއްޔާ މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކޮށްފައިވާކަން ސާފުކޮށް ބަޔާންވެފައިވާތީ ރައީސްގެ މި އަމަލަކީ ގާނޫނުއަސާސީއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނާއި ހިލާފަށް ކުރެއްވި އަމަލަކަށްވާތީ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ ކޮމިޓީން މިމައްސަލަ ބެއްލެވުމަށް ގަރާރުގައިވަނީ ގޮވާލާފައެވެ.

މިގަރާރު ކައުންސިލަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަލީ ހުސައިންއެވެ. ގަރާރަށް ތާއީދުކުރެއްވީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.

މި ގަރާރަށް ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްވަނީ ފުރިހަމައަށް ތާއީދު ކުރައްވާފައެވެ.

މިއަދު އޮންލައިން