ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވެރީ ހިދުމަތާއެކު ވާވޭ ގެ ވޮޗް ބަޑްސް މިހާރު މޫލީ އިން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވެރީ ހިދުމަތާއެކު ވާވޭ ގެ ވޮޗް ބަޑްސް މިހާރު މޫލީ އިން!

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފްކޮށްފި އެވެ. ވާވޭ ވޮޗް ބަޑްސް އަކީ އިއާބަޑްސްގެ ސިފަތައް އެކުލެވޭ އީޖާދީ ސްމާޓް ގަޑިއެކެވެ.

ވާވޭ ވޮޗް ބަޑްސް އުފައްދާފައިވަނީ މެދު ކެނޑުމެއްނެތި ކަސްޓަމަރުން އިތުރު ފަސޭހަކަމާއެކު ގުޅުވާލަދޭ ސިފަތައް ހިމަނައިގެންނެއެވެ. އެންމެ ކޮލިޓީ އަދި ސާފު އަޑު ލިބޭއިރު، މިއީ އާންމުކޮށް ދަތުރުކުރާ މީހުންނަށް ވަރަށް ފުރިހަމަ ޑިވައިސްއެކެވެ. މީގެ އިތުރުން ތުނި ރީތި ޑިޒައިނާއެކު އުފައްދާފައިވާ ވާވޭ ވޮޗް ބަޑްސް އަކީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށްވެސް އެންމެ ފުރިހަމަ ފަހުގެ ގެޖެޓެވެ.

މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފްކުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފަރއެއްގެ ދަށުން މި ގަޑި ވިއްކަނީ 6999 ރުފިޔާއަށެވެ. މި ހާއްސަ އަގުގައި ކަސްޓަމަރުންނަށް ބައލްވައިގަތުމުގެ ފުރުސަތު 22 އޭޕްރީލް 2023 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމުން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑޑެލިވަރ ކޮށްދޭނެއެވެ.

މި ޑިވައިސްގެ މައިގަނޑު ސިފަތަކުގެ ސަބަބުން ވާވޭ ވޮޗް ބަޑްސް އަކީ އަޑު އަހާލުމުގެ ތަޖުރިބާއަށް ފެންވަރު ރަނގަޅު އަޑާއި އެޑްވާންސް ފަންކްޝަނަލިޓީ ފޯރުކޮށްދޭ އާދަޔާ ހިލާފު ގެޖެޓެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

· އެއް ގެޖެޓެއްގައި އިއާބަޑްސް އަދި ސްމާޓްވޮޗް

· ސާފު ރީތި އަދި ކޮލިޓީ އަޑު

· ތުނި އަދި ޒަމާނާ އެއްގޮތް ޑިޒައިން

· ހައިބްރިޑް އެކްޓިވް ނޮއިސް ކެންސަލޭޝަން

· ކޮލިޓީ އަޑާއި އެކު ކޯލްތަކަށް ދެ މައިކްރޯފޯނާއި ނޮއިސް ރިޑަކްޝަން

· އެއް ޗާޖަކުން 10 ގަޑިއިރާއި ހަމައަށް ބޭޓަރި ހިފަހައްޓާ (ޗާޖިން ކޭސްއާއެކު 30 ގަޑިއިރު)

· ޓަޗް ކޮންޓްރޯލް އާއި އެކު ވޮޗް ބަޑް ގެ ބޭނުންކުރަން ފަސޭހަވުން

· ސްޓޭބަލް އަދި ފާސްޓް ކަނެކްޝަނަށް ބްލޫޓޫތު

· ލެގް ފްރީ އޯޑިއޯ އަދި ވީޑިއޯ ސިންކްރޮނައިޒޭޝަންގެ ލޯ ލެޓެންސީ

 މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމަށް: http://ore.do/watchbuds ޒިޔާރަތްކޮށްލައްވާށެވެ.

މިއަދު އޮންލައިން