މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ ރޭ ކުޅުނު މެޗްތައް ޒެނިތު ސްޕޯޓސް ކްލަބާއި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އިން ކާމިޔާބުކޮށްފިއެވެ.
ޒެނިތު ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް 22/45 އިން ކާމިޔާބުކުރީ ޒެނިތު ސްޕޯޓްސް ކްލަބެވެ. މެޗްގެ ކްއީން އޮފަ ދަ މެޗްގެ މަޤާމް ހޯދީ ޒއނިތު ސްޕޯޓްސްކްލަބްގެ ކެޕްޓަން ހިޝްމާ ޙަސަން އެވެ.

ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އާއި ކްލަބް މެޓްރިކްސް ބައްދަލުކުރި މެޗް 2/83 ޕޮއިންޓުން ކާމިޔާބުކުރީ ކުޅުދުއްފުށި ޔޫތު އެންޑް ެއކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އެވެ. މެޗްގެ މޭން އޮފަދަ މެޗްގެ މަޤާމް ހޯދީ ކުޅުދުއްފުށި ޔޫތު އެންޑް ެއކްރިއޭޝަން ކްލަބް (ކޭވައިއާރުސީ)ގެ އަޙްމަދު ހުޝާމްއެވެ.