ވަޒީރުގެ ވާހަކަފުޅުން ޢަރަބިއްޔާ ސްކޫލް ވުޖޫދުން ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ވަޒީރުގެ ވާހަކަފުޅުން ޢަރަބިއްޔާ ސްކޫލް ވުޖޫދުން ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ!

ތައުލީމީ ވަޒީރު، މިއަދު ޢަރަބިއްޔާ ސްކޫލުގެ އެކްސްކޯ ކޮމިޓީގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުން އަނެއްކާވެސް ޢަރަބިއްޔާ ސްކޫލް ވުޖޫދުން ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. 

އެކަމަނާ ވިދާޅުވިކަމަށް ބެލެނިވެރިއަކު މިއަދުނޫހަށް ބުނީ 

"ކޮންމެ ވަގުތަކުވެސް ޢަރަބިއްޔާ ސްކޫލް ހުސްކުރަންޖެހިދާނެ ކަމަށާއި އޮތީ 3 އޮޕްޝަނެއްކަމަށް.

1 އޮންލައިންކޮށް ކިޔަވާދިނުން

2 ޢިއްޒުއްދިން ސްކޫލަށް ބަދަލުކުރުން 

3 ހުޅުމާލޭގަ ސްކޫލެއް އެޅުން 

3 އޮޕްޝަނާމެދުވެސް އަޅުގަނޑުމެން ކަންބޮޑުވުން ފައުޅުކުރިން. އޮންލައިންކޮށް ކިޔަވައިދިނުމަކީ ޤަބޫލުކުރެވޭނެ ގޮތެއް ނޫން. ޢަރަބިއްޔާ ސްކޫލްގެ ޖާގަ މިހާރުވެސް ކުޑަވެފައިވާއިރު ޢިއްޒުއްދީން ސްކޫލަކީ މާކުޑަ ސްކޫލެއް. އަދި ކިޔަވައިދޭން ލިބެނީ އެއް ދަންފަޅި. މިހާރުވެސް ހިންގާ ސްކޫލާ 2 ސްކޫލް އެކުގަ ކިހނެއްތޯ އެތަނުގަ ޢަރަބިއްޔާ ހިންގާނީ. 

ދެން އޮތީ ހުޅުމާލޭގަ ސްކޫލެއް އެޅުން. ހުޅުމާލޭގަ ޢަރަބިއްޔާ ސްކޫލެއް އަޅައިދޭން މިހާރުވެސް ވަނީ ގިނަ ޢަދަދެއްގެ ބެލެނިވެރިން ސޮއިކޮށްފަ ޕެޓިޝަނެއް ހުށަހަޅާފަ. ދެން މާލޭގަ ތިބި ދަރިވަރުން ހުޅުމާލެއަށް ކިޔަވަން ގެންދަންޖެހުމަކީ ފަސޭހަކަމަކަށް ނުވާނެ."

"ދެން އެކަމަނާ ވިދާޅުވީ ޢަރަބިއްޔާ ސްކޫލާއިބެހޭގޮތުން އެކަމަނާ މަޖިލީހުގަ ދެއްކިވާހަކަ އަޅުގަނޑުމެންނަށް އަޑުއިވިގެން އުޅެނީ ނުބައިކޮށް ކަމަށް." 

ވަޒީރުގެ ބަސްފުޅެއް ހޯދަން މިއަދުނޫހުން ނުގުޅީ މިއަހަރުގެ މާރިޗް މަހު ހޯދަން ހުށަހެޅި މައުލޫމާތު އަދިވެސް ނުދެއްވާތީއެވެ. މިވަޒީރުގެ ވާހަކަތައް މިހުރީ ޝިފާ ވަޒީރުގެ ވާހަކަތައް އެއިރު ހުރިގޮތަށެވެ. ވަޒީރުގެ މަޤްޞަދުގައި ތަފާތެއް އޮތްކަމަކަށް ފާހަގައެއް ނުކުރެވެއެވެ. އެއީ ޢަރަބިއްޔާ ވުޖޫދުން ފުހެލުމެވެ.

މިއަދު އޮންލައިން