މައިލޯ ނެޓްބޯލް ޓޯނަމަންޓްގެ ރޭ ކުޅުނު މެޗްތައް ކޭވައިއާރުސީ އާ ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މައިލޯ ނެޓްބޯލް ޓޯނަމަންޓްގެ ރޭ ކުޅުނު މެޗްތައް ކޭވައިއާރުސީ އާ ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފި

މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ ރޭ ކުޅުނު 2 މެޗް ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އާއި ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ. 

ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އާއި ޔޫތު ޔުނިޓެޑް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް 14/70 ޕޮއިންޓުން ކާމިޔާބުކުރީ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ)އެވެ. މެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމް ހޯދީ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ)ގެ ކެޕްޓަން މަރްޔަމް ޝިނާޢަތުއެވެ. 

ދެވަނައަށް ކުޅުނު ކްލަބް މެޓްރިކްސް އާއި ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް 12/72 ޕޮއިންޓުން ކާމިޔާބުކުރީ ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބެވެ. މެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމް ހޯދީ ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބްގެ ޙަމްނާ ޢަބްދުއްރަހްމާން އެވެ.

މިއަދު އޮންލައިން