ޝައިޚް އަހްމަދު ރިމާޒްގެ ވަރުގަދަ ސުވާލެއް: ކުޑަކުޑަ ބިންފޮއްޗެއްގެ މައްސަލައިގައި ސުވަރުގެ ޤުރުބާން ކޮށްލަނީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޝައިޚް އަހްމަދު ރިމާޒްގެ ވަރުގަދަ ސުވާލެއް: ކުޑަކުޑަ ބިންފޮއްޗެއްގެ މައްސަލައިގައި ސުވަރުގެ ޤުރުބާން ކޮށްލަނީތޯ؟

"ކުޑަކުޑަ ބިންފޮއްޗެއްގެ މައްސަލައިގައި ސުވަރުގެ ޤުރުބާން ކޮށްލަނީތޯ؟ "ރަޙިމުގެ ގުޅުން ކަނޑައިފި މީހާ ސުވަރުގެ ނުވަންނާނެއެވެ ."  (سنن أبي داود 1696)

- ޝައިޚް އަޙްމަދު ރިމާޒް 

ޝައިޚް އަޙްމަދު ރިމާޒް ބަޔާންކޮށްދެއްވަވާފައިއެވަނީ ބިންކޮޅެއްފަދަ މުދަލުގެ ދަހިވެތިކަމުގައި އަދިވެސް އެނޫންވެސް ކަމަކާއި ގުޅިގެން ރަޙިމުގެ ގުޅުން ކެނޑުމުގެ ހުރި ނުބައިކަންބޮޑުކަމެވެ. 

ފާހަގަކުރަންޖެހޭ ކަމަކީ މުދަލުގެ ދަހިވެތިކަމުގައި އަޚުން އިތުރުން ބައެއް މައިން އެމީހުން ވިހޭ ދަރިންނާއި ގުޅުން ކަނޑާލައި ވާހަކަވެސް ނުދައްކައި ތިބުން ފަދަ މައްސލަތައް ކުރިމަތިވަމުން އަންނަކަމެވެ. ދަންނަވާލަން ޖެހެނީ ޙައްޤު މިންވަރު ލިބުނު ނަމަވެސް ނުލިބުނު ނަމަވެސް އެއީ ރަޙިމުގެ ގުޅުން ކަނޑާކަމަކަށް ނުހަދާށެވެ. އެ ބިންކޮޅު ނުވަތަ މުދައު ނުލިބުމުން ކުރަންޖެހޭ ހިތާމައަސްވުރެ ސުވަރުގެ ނުލިބިއްޖެނަމަ ކުރަންޖެހޭ ހިތާމަ މާބޮޑުވާނެކަން ހިތްމައްޗަށް ގެންނާށެވެ! 

ޙަދީޘްފުޅުގައި ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި މުޅި ދުނިޔޭގެ ބުރަދަން، މަދިރިއެއްގެ ފިޔަ އަކާއި އެއްވަރުވެސް ނުވާކަމަށެވެ. 

"ﷲގެ ޙަޟްރަތުގައި ދުނިޔެއަކީ މަދިރިއެއްގެ ފިޔައެއްހައި ބުރަދަންހުރި އެއްޗެއްކަމުގައިވީނަމަ، ކާފިރަކަށް ދުނިޔެއިން ފެންކޯވަރެއްގެ މިންވަރުވެސް ނުދެއްވެވީހެވެ." (އައްތިރްމިޛީ)

މިއަދު އޮންލައިން