29 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 9.30 ގައި މިއެސޯސިއޭޝަންގެ އަހަރީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އެޖެންޑާ ކޮށްފައިވަނީ، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ ހޮވުމަށާއި، އެސޯސިއޭޝަންގެ އަސާސީ ޤަވަޢިދާއި، އަދި ހިންގާ ކޮމިޓީގެ ޤަވަޢިދު އިޞްލާޙު ކުރުމެވެ. ތިރީގައި މިވަނީ ހިންގާ ކޮމިޓީގެ މަޤާމުތައް މިހާރު އެކުލެވޭ ގޮތެވެ:
|
# |
މަޤާމުތައް |
ޢަދަދު |
|
01 |
ރައީސް |
01 |
|
02 |
ނާއިބު ރައީސް |
02 |
|
03 |
ސެކްރެޓަރީ ޖެނެރަލް |
01 |
|
04 |
ފައިނޭންޝަލް ކޮންޓްރޯލަރ ( ޚަޒާންދާރު) |
01 |
|
05 |
އެކްޓިވިޓީ އެގްޒެކެޓިވް |
01 |
|
06 |
ކޯޑިނޭޓަރ |
01 |
|
07 |
ބޯޑު މެންބަރުން |
04 |
|
ޖުމްލަ މެންބަރުންގެ ޢަދަދު |
11 |
|
މަތީގައިވާ މަޤާމުތަކަށް ކުރިމަތި ލެވޭނީ 22 އޭޕްރިލް 2021މ. ދުވަހުގެ ހަވީރު 6.00ގެ ކުރިން، މި އެސޯސިއޭޝަންގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަދި ހިންގާ ކޮމިޓީގެ މަޤާމަކަށް ކުރިމަތި ލުމުގެ ސުންގަޑި އަކީ 25 އޭޕްރިލް 2021މ. ދުވަހުގެ ހަވީރު 6.00 އެވެ. އަދި ދަންނަވަމެވެ. އެސޯސިއޭޝަންގެ އަސާސީ ޤަވަޢިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން،ހިންގާ ކޮމިޓީގެ މެންބަރަކަށް ވެވޭނީ ކޮންމެ އެޖެންސީއަކުންވެސް އެކަކަށެވެ. އެއީ ޙިއްސާދާރެއް ނުވަތަ ބޯޑު ޑިރެކްޓަރަކަށް ވާންޖެހެއެވެ. ވީމާ، މިޖަލްސާއަށް ހުރިހާ މެންބަރުންނަށް ދަޢުވަތު އަރުވަމެވެ. ޖަލްސާ ބާއްވާނެ ތަނެއް ހަމަޖެހުނުހާ އަވަހަކަށް މެންބަރުންނަށް އަންގާނެއެވެ. އިތުރު މަޢުލޫމާތާއި ފޯމްތައް ބަލައި ގަންނާނީ މިއެސޯސިއޭޝަންގެ [email protected] އީމޭލުންނެވެ.
ތާރީޚް: 10 އޭޕްރިލް 2021