ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ޢަބްދުﷲ މަޞީޙް ވަކިކުރަން ހުށަހެޅި 2 ވަނަ ޕެޓިޝަނުގައި ސޮއިކޮށްގެން ވަކިކުރި 12 މެންބަރުންނާއި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ބައްދަލުކުރައްވައިފި އެވެ.
ރައްޔތުންގެ މަޖިލީހުގެ ރައީސް ކަމުގައިވެސް ހުންނެވި ޤާސިމް އިބްރާހީމް 12 މެންބަރުންނާއި ބައްދަލު ކުރެއްވީ ޖޭޕީގެ ލީޑަރުގެ ހައިޞިއްޔަތުން ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައެވެ. 12 މެނަބަރުންގެ ތެރޭގައި ރައީސް ޔާމީނު ޕީޕީއެމަށް ގެންދެވި ޖޭޕީގެ ބައެއް މެންބަރުންވެސް ހިމެނެއެވެ.
ޖޭޕީން ބުނެފައިވަނީ މިއަދު ވެސް ތައުލީމީ، ޤާބިލު ބައެއް ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގެން، މެންބަރުކަމުގެ ފޯމް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ހަވާލުކޮށްފައިވާ ކަމަށެވެ.