މާލެ-ހުޅުމާލެ އާންމު ފެރީގެ ހިދުމަތް ހުއްޓާލަން ނިންމައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މާލެ-ހުޅުމާލެ އާންމު ފެރީގެ ހިދުމަތް ހުއްޓާލަން ނިންމައިފި!

މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ އާންމު ފެރީގެ ހިދުމަތް ހުއްޓާލުމަށް، ޚިދުމަތް ދެމުން ގެންދާ ކުންފުނި ލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

ސިނަމާލެ ދާލަމުގެ ސަބަބުން ފެރީ އާއި އެކްޕްރެސް ލޯންޗްގެ ހިދުމަތަށް ޑިމާންޑް ނެތް ކަމަށް އެމްޓީސީސީން ބުނެއެވެ.

މާލެ އާއި ހުޅުމާލެ އާއި ދެމެދު ދެމުން ގެންދާ އާންމު ފެރީގެ ހިދުމަތުގެ އިތުރުން އެކްސްޕްރެސް ލޯންޗްގެ ހިދުމަތް މާދަމާ (05 ނޮވެމްބަރު 2018)ގެ ދަންވަރު 00؛00 އިން ފެށިގެން ހުއްޓާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ނަމަވެސް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދެމުން ގެންދާ ޕްރިމިއަމް ފެރީ (އޭސީ ފެރީ) ގެ ހިދުމަތްތައް މިހާރެކޭވެސް އެއްގޮތަށް ދެމުން ގެނަދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނިން ހުޅުމާލޭގައި ދެމުން ގެންދާ ބަހުގެ ހިދުމަތްތަށް ވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ. ނަމަވެސް، ޝެޑިއުލްތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެފަދަ ބަދަލުތަށް އެ ކުންފުނީގެ ވެބްސައިޓުގެ އިތުރުން މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ކަސްޓަމަރުންނަށް ފެންނާނެހެން ހިއްސާކުރަމުން ގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

 

އާންމު ފެރީތަކުގެ ހިދުމަތް ކެނޑުމުގެ ސަބަބުން، ސްކޫލް ކުދިންނާއި އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ދަތިތަކާއި ކުރިމަތިވެދާނެ ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ.

 

މިއަދު އޮންލައިން