އިންތިޚާބު ބާޠިލުކުރަންޖެހޭ އެއްވެސް ސަބަބަބެއް ހުށަހަޅާފައެއް ނުވޭ- ނަތީޖާ ރަނގަޅުވާނެ، އިން ޝާ ﷲ!، ކެތްތެރިވޭ!: އަމިތު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އިންތިޚާބު ބާޠިލުކުރަންޖެހޭ އެއްވެސް ސަބަބަބެއް ހުށަހަޅާފައެއް ނުވޭ- ނަތީޖާ ރަނގަޅުވާނެ، އިން ޝާ ﷲ!، ކެތްތެރިވޭ!: އަމިތު
23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު ބާޠިލުކުރަންޖެހޭ އެއްވެސް ސަބަބަބެއް ރައީސް ޔާމީނުގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅާފައި ނުވާކަމަށާއި މާތް ﷲ ގެ ވާގިފުޅާއިއެކު ނަތީޖާ ރަނގަޅުވާނެ ކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ވިދާޅުވެއްޖެއެވެ.

ސްޕްރީމް ކޯޓު ސަރަހައްދުގައި ހުންނަވައިގެން އަމިތު ވިދާޅުވީ ޤައުމުގެ ކަންކަން މިދަނީ އިންޞާފުގެ މަގަށް ރުޖޫޢަވަމުން ކަމަށާއި މިފަދަ މަރުހަލާއެއްގައި ވަރަށް ގިނަ ތަފާތު ކަންތައްތައް ކުރިމަތިވާނެ ކަމަށެވެ. އަދި މިއީ ކުރިމަތިވާ އެފަދަ ކަންކަމަށް ރައްޔިތުން ކެތްތެރިކަން އިސްކުރަންޖެހޭނެ ވަގުތެއް ކަމަށެވެ.

އަމިތު ވިދާޅުވީ ރައީސް ޔާމީނުގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އިންތިޚާބެއް ބާޠިލުކުރަން ބަލާއިރު އެއްވެސް ބުރަދަނެއް ހުރި ކަންތައްތަކެއް ނޫން ކަމަށެވެ. އެހެންކަމުން ފަނޑިޔާރުން އެކަންކަން ބަލއަިގަންނާނެ ކަމަށް އެއްވެސް ވަރަކަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން