ސިފައިންގެ އެކުވެރި ކުންފުނި ނަމުގައި ވެލްފެއާ ކުންފުންޏެއް އުފައްދައިފި

ކިޔުމަށް ހޭދަވާނީ 39ސ
ސިފައިންގެ އެކުވެރި ކުންފުނި ނަމުގައި ވެލްފެއާ ކުންފުންޏެއް އުފައްދައިފި
ސިފައިންގެ ވެލްފެއާއަށް މަސައްކަތް ކުރުމަށް "ސިފައިންގެ އެކުވެރި ކުންފުނި" ނަމުގައި ރައިސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުންފުންޏެއް އުފައްދަވައިފިއެވެ.

މިކުންފުންޏަކީ ސިފައިންގެ ވެލްފެއާގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ވިޔަފާރި ކުރުމަށްޓަކައި އުފެއްދި ކުންފުންޏެއް ކަމަށް ރައީސް ޔާމީން މިއދު ނެރުނު ގަރާރެއްގައިވެއެވެ.

"ސިފައިންގެ އެކުވެރި ކުންފުނި" ނަމުގައި މީގެ ކުރިން ވެސް ވެލްފެއާ ކުންފުންޏެއް ހިންގިއެވެ. ނަމަވެސް ފަހުން ވަނީ އެކުންފުނި އުވާލައިފައެވެ.

ސިފައިންގެ ވެލްފެއާގަައި މިހާރުވެސް "ސިވެކް" ނަމަކަށް ކިޔާ ކުންފުންޏަކާއި ވިޔަފާރި ކުންފުންޏަކަށް "ސިފްކޯ" ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދާފައިވެއެވެ.
މިއަދު އޮންލައިން