މާލޭ ޗާންދަނީ މަގުގައި ހުންނަ "ކޮމްޝޮޕް" ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކި ވަރުގެ ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 3:22 ހާއިރުއެވެ. ރިޕޯޓު ލިބިމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމަކުން އެސަރަޙައްދަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ފެން ޖަހައިގެން ނިއްވާލާފައިވަނީ ރޭ 3:48 ހާއިރު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އަލިފާން ރޯވެފައިވަނީ އެފިހާރައިގައި ހުރި ކަރުދާސް ފައިލްތަކެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފިހާރައަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.