އެއޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެއިން ހުޅުމާލެއަށް, ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނީ ގިނަ ވެގެން 40 ރުފިޔާއެވެ. އަދި ރޭގަނޑު 12 ގެ ފަހުން ނަމަ 45 ރުފިޔާ ނެގިދާނެއެވެ. ނުވަތަ ޑިކީއަށް ދާގީނައެއް އަރުވައިގެން ކުރާ ދަތުރެއް ނަމަވެސް 45 ރުފިޔާ ނެގިދާނެއެވެ. އަދި ހުޅުމާލެއިން ހުޅުލެއަށް އަދި މާލެއިން ހުޅުލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 35 ރުފިޔާ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
މީގެއިތުރުން މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ސައިކަލު ދަތުރުތަކަށް ނެގޭނީ 20 ރުފިޔާއެވެ. ހުޅުމާލެއިން ހުޅުލެއަށް އަދި މާލެއިން ހުޅުލެއަށް ކުރާ ސައިކަލު ޓެކްސީގެ ދަތުރުތަކަށް ނެގޭނީ 15 ރުފިޔާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތަކުގެ އަގުތަށް ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅާފައިމިވަނީ ބައެއް ޓެކްސީ ސެންޓަރުތަކުން ބޮޑެތި އަގުތަކެއް ނަގަންފަށާފައިވާ ދަނޑިވަޅެއްގައެވެ.