މަލަހިނި ކުޑަ ބަނޑޮސް ޑައިވިން ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އެބަ ގެންދެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާ ހިނގި ކަމުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 13:07 ގައެވެ.
(13:35 އަޕްޑޭޓް) އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލު މައުލޫމާތު ދިން ގޮތުގައި އެރިސޯޓުގެ ފަޔަރމަނުން މިހާރު ވަނީ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ މެންދުރު 13:45 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.
ކުޑަ ބަނޑޮސް ޑައިވިން ސްކޫލްގައި މި އަލިފާނުގެ ހާދިސާގެ ސަަބަބުން އެރިސޯޓުގައި މަސައްކަތް ކުރާ ދިވެއްސެއްގެ އަތް ވަނީ ފިހިފައެވެ. އަދި ފަރުވާ ދިނުމަށް އޭނާ މާލެ ގެނެވިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.