ސިނަމާލެ ބްރިޖުގެ ދެ ފަރާތުގައިވާ ހަނި ދެ ލޭން، ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސިނަމާލެ ބްރިޖުގެ ދެ ފަރާތުގައިވާ ހަނި ދެ ލޭން، ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފި
ންމުންނަށް ދަތުރުކުރަން ސިނަމާލެ ބްރިޖު މިއަދު ހުޅުވިގެންދާއިރު ބްރިޖުގެ ދެ ފަރާތުގައިވާ ހަނި ދެ ލޭން، ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފި އެވެ.

ކުރިން ބައިސިކަލް ލޭންގެ ގޮތުގައި އެ ދެ ލޭން ބޭއްވުމަށް ވާހަކަދެކެވެމުން އައިނަމަވެސް އެ ދެ ލޭން، ހިނގުމަށާއި ދުވުމަށް ޚާއްސަކޮށްފައިވާކަމަށް ޓްރެފިކް ފުލުހުން މިއަދު މިވަނީ އިއުލާންކޮށްފަ އެވެ.

ބްރިޖް މިއަދު އާންމު ދަތުރުފަތުރަށް ހުޅުވައިލާއިރު، ބްރިޖް ހުރަސްކޮށް އެއާޕޯޓަށް ވެހިކަލްތައް ވަނުމުގެ އުސޫލާއި ޕާކް ކުރުމުގެ އަގުތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ އާންމުކޮށްފައެވެ.

މިއުސޫލުގައިވާ ގޮތުން ފީ ނެގުމަށް ހަމަޖައްސާފައިވަނީ ހަތަރު ފުރޮޅީ އުޅަނދަކުން ނަމަ އެއް ގަޑިއިރަށް 20ރ. އެވެ. އަދި ދެ ގަޑިއިރަށް ނަމަ 30ރ. ނަގާއިރު، ތިން ގަޑިއިރަށް 40ރ. އަދި އެ އަށް ވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 30ރ. ނަގާނެ އެވެ. ސައިކަލްތަކުން އެއް ގަޑި އިރަށް 10ރ. ނަގާއިރު، ދެ ގަޑި އިރަށް 15ރ. އަދި ތިން ގަޑި އިރަށް 20ރ. ނަގާނެ އެވެ. އަދި ތިން ގަޑި އިރަށް ވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 10ރ. ނަގާނެ އެވެ.

ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮވެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ.
މިއަދު އޮންލައިން