ލަކުޑިތަކެއްގައި ރޯވެގެން ހެންވޭރު ޝަހީދު އަލީ މިސްކިޓް ކުރިމަތީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ހ. ނިއު ޝޯ ޝައިން ނަމަކަށް ކިޔާ އެގޭގައި އަލިފާން ރޯވެގެން ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރުފަހު 15:22 ގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު އެގޭގައި އެއްވެސް މީހަކު ނުއުޅޭ ކަމަށާއި، އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް ގެ އެހީތެރިކަމާއެކު މިހާރު އެގޭގެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.