ސިނަމާލެ ބްރިޖު އަންނަ ބުރާސްފަތި ދުވަހު ހުޅުވަނީ

ކިޔުމަށް ހޭދަވާނީ 45ސ
ސިނަމާލެ ބްރިޖު އަންނަ ބުރާސްފަތި ދުވަހު ހުޅުވަނީ
މާލެއާއި ހުޅުލެއާއި ދެމެދު، ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ "ސިނަމާލެ ބްރިޖް" އަންނަ ބުރާސްފަތި ދުވަހު ހުޅުވުމަށް ނިންމާފައިވާ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޒުވާނުންތަކެއް ވެރިކަން ކުރާ ސިޔާސީ ޕާޓީ ޕީޕީއެމް އާއި ގުޅުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިނަމާލެ ބްރިޖު ހުޅުވުމާއެކު ހުޅުލެއާއި ހުޅުމާލެއަށް ދިޔުމަށް ކުރަން ޖެހޭ ދަތުރުތައް އަވަސްވެފައި ފަސޭހަ ވެގެންދާނެ ކަމަށެވެ.

"މިމަހު 30 ވަނަ ދުވަހު ތިކުދިން އަޅުގަނޑާއެކު ފައްޓާވާ ދަތުރަކީ ވަރުނުލާ ރާޅުގަނޑުން ހުޅުމާލެއަށް ލޮނުކޮޅެއްގައި ނުޖެހި ކުރާ ދަތުރު ނޫންތޯ؟
"މި މަހު 30 ވަނަ ދުވަހު ތިކުދިން އަޅުގަނޑާ އެކު ފައްޓަވާ ދަތުރަކީ މާލޭގެ ވަރުނުލާ ރާޅުގަނޑުން ހުޅުމާލެ އަށް ލޮނުކޮޅެއްގައި ނުޖެހި ކުރާ ދަތުރު ނޫންތޯ؟،" ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދު އޮންލައިން