ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަށް ދެ ގުނަ ހަލުވިކޮފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަށް ދެ ގުނަ ހަލުވިކޮފި
ކުޅުދުއްފުށީގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަށް ދެ ގުނަ ހަލުވިކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް ވިދާޅުވެފައިވަނީ އެމްޓީސީސީގެ ހުރިހާ ފޯކަހެއް މިހާރު އޮތީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތަށް ކަމަށާއި މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން ކޮންމެ މަސައްކަތަކަށްވެސް ބެކަޕެއް ގެންގުޅޭ ކަމަށެވެ. އެގޮތުން ތާރު މެޝިނުގެވެސް ބެކަޕް މެޝިނެއް ކުޅުދުއްފުއްޓަށް ގެނެސްފައިވާކަމަށެވެ.

ހުޝާމް ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި ރަންވޭގެ 600 މީޓަރުގެ ސަރަހައްދުގައި އޭބީސީ ލޭޔަރ މިއަދު އަޅައި ނިންމާލެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދަނީ ރަންވޭ ދެ ފަޅިއަށް ބަހާލައިގެންކަމަށެވެ.

މިދިޔަ ބުދަ ދުވަހު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވީ 23 ސެޕްޓެމްބަރަށް ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދު އޮންލައިން