ބްރިޖާއި ގުޅޭ މަގުތަކުގައި ތާރު އަޅަން ފަށައިފި

ކިޔުމަށް ހޭދަވާނީ 39ސ
ބްރިޖާއި ގުޅޭ މަގުތަކުގައި ތާރު އަޅަން ފަށައިފި
"ސިނަމާލެ" ބްރިޖަށް ދަތުރުކުރާ މަގުތަކުގައި ތާރު އަޅަން މިއަދު ފަށައިފިއެވެ.

ހުޅުމާލެ ޓަރމިނަލް ސަރަޙައްދުން ފެށިގެން މިއަދު ހަވީރު ތާރު އަޅަން ފަށާފައިވާއިރު މިމަސައްކަތް މާލޭ އިންޑަސްޓްރިއަލް ވިލެޖާއި ހަމައަށް ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަސައްކަތާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީން ބުނެފައިވަނީ މިމަސް ނިމެންވާއިރަށް އެމަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މިހިނގާ އޯގަސްޓް މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަސް ފެށޭ ހިސާބުގައި ބްރިޖު ހުޅުވުމަށް ނިންމާފައިވާއިރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އޭގެ ކުރިން ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

މިހާތަނަށް މާލޭގެ ބޮޑުތަކުރުފާނު މަގުން އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ސަރަހައްދާއި ކަޅުތުއްކަލާ ކޮށީގެ ހުޅަނގުން އޮންނަ މަގުގެ އެއްބައިގައި ވަނީ ތާރު އަޅާފައެވެ.

މިއަދު އޮންލައިން