ޢީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުތައް ބަލައިފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 58ސ
ޢީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުތައް ބަލައިފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ޢީދު ބަންދާއި ދިމާކޮށް ރާއްޖޭގެ އެކިއެކި ރަށްރަށަށް ކަނޑު ދަތުރުކުރާ އުޅަނދުތައް ބަލައިފާސް ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއޮޕަރޭޝަންގައި، އުޅަނދުތަކުން ދަތުރުކުރާ ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ސަލާމަތީ ކަންކަން ބަލާނެ ކަމަށާއި އުޅަނދުގެ ސަލާމަތީ ސެޓްފިކެޓުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ވެސް ބަލާނެ ކަމަށެވެ.

"މިއޮޕަރޭޝަންގައި މާލެ ސިޓީއިން ފުރާ އުޅަނދުތައް ބެލުމުގެ އިތުރުން އެމްއެންޑީއެފް ގެ އޭރިއާތަކުގެ ރަށްތަކުން ވެސް ފުރާ އުޅަނދުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ." އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން އޮފިޝަލް ވިދާޅުވީ މިއޮޕަރޭޝަނަކީ، ކޮންމެ ޢީދު ބަންދެއްގައި ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސް ވަރަކަށްވާތީ ދަތުރުވެރިންނާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓުގާޑުން ޢީދު ބަންދުގެ ޗުއްޓީއަށް ދުވަސް ވަރަށް އަމާޒުކޮށް ހިންގާ ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ.
މިއަދު އޮންލައިން