ރައީސް މައުމޫނާއި ފާރިޝް މިނިވަން ކުރުމަށްޓަކައި ސަރުކާރު ބަދަލުކޮށްދިނުމަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ރައްޔިތުންނަށް ގޮވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރައީސް މައުމޫނާއި ފާރިޝް މިނިވަން ކުރުމަށްޓަކައި ސަރުކާރު ބަދަލުކޮށްދިނުމަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ރައްޔިތުންނަށް ގޮވާލައިފި
ރައީސް މައުމޫނާއި ފާރިޝް މައުމޫން މިނިވަން ކުރުމަށްޓަކައި މިހާރުގެ ސަރުކާރު ބަދަލުކޮށްދިނުމަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް، ޚާއްޞަކޮށް ރައީސް މައުމޫނުގެ ސަޕޯޓަރުންނަށް ގޮވާލައިފިއެވެ.

ރައީސް މައުމޫން ޖަލުގައި ބަންދުކުރިތާ 6 މަސް ފުރުން ފާހަގަކޮށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީތު މިއަދު ވިދާޅުވީ ރައީސް މައުމޫނުވެސް ފާރިޝް މައުމޫން ވެސް އަދި ޖަލުތަކުގައާއި އެހެން ގޮތް ގޮތުން އަނިޔާ ލިބެމުންދާ ހުރިހާ ލީޑަރުންނަށްވެސް އިންޞާފުލިވަޑައިގެން މިނިވަންވެވަޑައިގެންނެވޭނީ މިސަރުކާރު ބަދަލުކޮށްގެން ކަމަށެވެ.

އަމީތު ވިދާޅުވީ ރައީސް މައުމޫނަކީ އެއްވެސް ކުށެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށްވާއިރު ޖަލު ބަންދުން ރައީސް މައުމޫން މިނިވަންކުރަން އެންމެން ގުޅިގެން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި މަސައްކަތުގައި ޕީޕީއެމްގެ ހުރިހާ މެންބަރުންވެސް ބައިވެރިވެ ތާއީދުކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ދިއްދޫ ދާއިރާގެ މެންބަރު ލަޠީފް ވިދާޅުވީ ޕީޕީއެމް އަކީ ރައީސް ޔާމީން ނޫން ކަމަށާއި ޕީޕީއެމްއަކީ ރައީސް މައުމޫން ކަމަށެވެ.

ރައީސް މައުމޫން ބަންދުކުރީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ މެންދަމުއެވެ. ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ރައީސް މައުމޫނު ފޯނު ދެއްވިނަމަ ޖަލު ބަންދުގައި ހުންނަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
މިއަދު އޮންލައިން