އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާތީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

ކިޔުމަށް ހޭދަވާނީ 53ސ
އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާތީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ
ރާއްޖޭގެ އަމަން އަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބުމާއެކީ ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ފޭސްބުކް މެދުވެރިކޮށް އެމަނިކުފާނު ކުރެއްވި ފޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމު ހަލަބޮލިކޮށް، އަމަންއަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަންކަން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ، ވަގުތުން އެމްއެންޑީއެފް އާއި ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިލައްވާ ކަމަށެވެ.

ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމްދީނާއި ޤާނޫނު އަސާސީ ރައްކާތެރިކުރުމާއެކު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމުގައި، ސިފައިންގެ ޤާނޫނުގައިވާ ޤާނޫނީ ވާޖިބު އަދާ ކުރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު އާދަމް ޝަރީފް ދެއްވާފައިވެއެވެ.

މިއަދު އޮންލައިން