ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޕާޓީގެ ކައުންސިލުގެ ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޖުމްހޫރީ މާލަން، މ. ކުނޫޒްގެ ނަން "ޖުމްހޫރީ ޕާޓީ ހެޑްކްއާރޓަރސް" އަށް ބަދަލުކޮށް ނަންބޯޑް އިފްތިޓާޙްކޮށްދެއްވީ ޕާޓީގެ ނައިބް ރައީސް ޑރ. ޢަބްދުﷲ މަޢްޞޫމް އެވެ.
ޕާޓީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޕާޓީގެ ހެޑްކްއާޓަރސްގައި ވަނީ ޚާއްޞަ ޖަލްސާއެއް ބާއްވަން ވެސް ހަމަޖައްސައިފައެވެ. މި ޖަލްސާގައި ވީހައި ގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.
Mirey JP ah 10 aharu furigen M.Kunooz gai baahvaa Khassa jalsaa ah lobuvethi enme haa dhivehi Rayyithun nah e jalsaagai baiveri ve dhehvun edhi dhauvathu aruvan . Gadi akee 8.45 M kunooz ( 3/8/18 dhuvahuge rey )
— Qasim Ibrahim (@qasimibrahim) August 3, 2018