ޕީޕީއެމްގަ ވަރަށް ހާޑްކޮށް މަސައްކަތްކުރިން: އިލެކްޝަންސް ކޮމިޝަނަރ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޕީޕީއެމްގަ ވަރަށް ހާޑްކޮށް މަސައްކަތްކުރިން: އިލެކްޝަންސް ކޮމިޝަނަރ
މަސައްކަތް ކުރައްވާ ކޮންމެ ތަނެއްގައި ވެސް ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި ޕީޕީއެމްގައި ވެސް ވަރަށް "ހާޑް" ކޮށް މަސައްކަތްކުރެއްވި ކަމަށް އިލެކްޝަންސް ކޮމިޝަނަރ ޝަރީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް މިއަދު ވިދާޅުވީ މިހާރު ބަލަންޖެހޭނީ އޭނާ ކުރިން މަސައްކަތް ކުރެއްވި ތަންތަނާއި އެތަންތަނުގައި މަސައްކަތް ކުރެއްވި ގޮތް ނޫން ކަމަށެވެ. އަދި މިހާރު ބަލަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނާއި ޚިލާފަށް އޭނާ އެއްވެސް ކަމެއް ކުރައްވާތޯ ކަމަށެވެ.

އޭނާ އަކީ ކޮންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކަންކަން ކުރެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފަކީ ޕީއޭ އިން ފެށިގެން ރައީސް ޔާމީނާއި ވަރަށް ގާތުން މަސައްކަތްކުރެއްވި އަދި މިފަހަރުގެ ރިޔާސީ އިންތިޚާބަށްވެސް ރައިސް ޔާމީނަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރެއްވި ބޭފުޅަކަށްވާތީ އިލެކްޝަންސް ކޮމިޝަނަރުގެ މަޤާމުގައި ހުންނަވައިގެން ޤައުމީ މަސައްކަތްތަކެއް ކުރެއްވިދާނެކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މިއަދު އޮންލައިން