ދީނީ މައުލޫމާތު: ނަމާދު ނުކުރުމެއް ނެތެވެ - އޮތީ ހަނދާންވުމުން ނުވަތަ ހޭލެވުމުން އަވަހަށް ކުރުމެވެ:. ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދީނީ މައުލޫމާތު: ނަމާދު ނުކުރުމެއް ނެތެވެ - އޮތީ ހަނދާންވުމުން ނުވަތަ ހޭލެވުމުން އަވަހަށް ކުރުމެވެ:. ޑރ. އިޔާޟް
ބައެއް ހާލަތްތަކާއި ގުޅިގެން ފާއިތުވީ ނަމާދު، އަދި ވަގުތުން ލަސްވާ ނަމާދު ކުރުމާއިމެދު ބައެއް މީހުންނަށް އޮޅުން އަރައި އެކަމުގެ އެންމެ ރަނގަޅު ގޮތް އޮޅުންފިލުވަން ބައެއް މީހުން ސުވާލުކުރެއެވެ.

އެފަދަ ބައެއް ސުވާލުތަކަށް ޑރ. މުޙައްމަދި އިޔާޟް އަބްދުއްލަޠީފް ދެއްވާފައިވާ ބައެއް ޖަވާބު:

"މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދު ނިދުމަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ. ނަމަވެސް ދެ ނަމާދު ދޫތެރޭގައި ނިދިއްޖެ ނަމަ ހޭލެވުމުން ޢިޝާ ނަމާދުކުރުމަށްފަހު ދަމު ނަމާދު ކުރެވިދާނެއެވެ."

"ރޭގެ އިޝާ ނަމާދު ނުކުރެވޭކަން ހަނދާންވީ އަނެއް ދުވަހު ކަމަށްވާނަމަ ވެސް އަވަހަށް ޤަޟާކުރަންވީއެވެ."

"ފަތިސް ނަމާދު ވަގުތު ނުހޭލެވިއްޖެނަމަ ހޭލެވުމާއިއެކު އަވަހަށް ޤަޟާކުރާށެވެ. މެންދުރު ވަގުތުވެފައިވީނަމަވެސް ޤަޟާ ކުރެވޭނެއެވެ."

"ޢަޞްރަށް ގޮވާ ވަގުތު ނަމާދަށް އަރައިފިނަމަ ދަރިފުޅު ގަޑިޖެހުނު ނަމަވެސް އޮތީ (އެންމެ ރަނގަޅު ގޮތަކީ) ނަމާދުކުރުމެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވެން ނެތް ނަމަ ދަރިފުޅު ގެންގޮސް ގެއަށްލާފައި އަވަހަށް ނަމާދުކުރާށެވެ."

"ޢަޞްރުކޮށްގެން މަހަށް ފުރާ މީހާއަށް ޢިޝާ ނަމާދުވަގުތު އެނބުރި އާދެވޭނަމަ މަޣްރިބް ނަމަދާއި ޢިޝާ ނަމާދު ފަސްކޮށް ޖަމްޢް ކުރެވިދާނެއެވެ."
މިއަދު އޮންލައިން