ޢަލީ ޝަރީފް ޖޭޕީ އާއި ގުޅިވަޑައިގެން ފޯމް ޙަވާލުކުރެއްވުމަށްފަހު މިއަދު ވިދާޅުވީ ޖޭޕީ އާއި ގުޅިވަޑައިގަތީ އެ ޕާޓީއަކީ ވަރަށް އިންސާފުވެރިކަމާއި އަދި މެންބަރުންގެ މެދުގައި ހަމަހަމަކަމާއިއެކު ކަންކަން ކުރަމުން ގެންދާ ޕާޓީއަކަށްވާތީ ކަމަށެވެ.
ޢަލީ ޝަރީފް ވިދާޅުވީ އޭނާ މީގެ ކުރިން އަދާކުރެއްވި ވަޒިފާތަކުގައި އުޅުއްވިއިރު ،4 5 ފަހަރު ވަޑައި ނުގަންނަވާ އެއްވެސް ރަށެއް ނުއޮންނާނެ ކަމަށެވެ. "އަޅުގަނޑަކީ ރަށްތަކަށް ވަރަށް ފަރިތަ މީހެއް. ކޯލިޝަނުގެ ކެންޑިޑޭޓާއި ރަނިންގ މޭޓް ކުރައްވާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ މަސައްކަތްކުރަން އަޅުގަނޑު ޖޭޕީ އާ މިގުޅުނީ."
ޢަލީ ޝަރީފް ވަނީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަން ވެސް ކުރައްވައިފައެވެ.