11 "ދީނީ އިލްމުވެރިއަކު" ޑރ. ޝަހީމަށް ތާއީދުކުރާކަން ހާމަކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
11 "ދީނީ އިލްމުވެރިއަކު" ޑރ. ޝަހީމަށް ތާއީދުކުރާކަން ހާމަކުރައްވައިފި
11 "ދީނީ އިލްމުވެރިއަކު" ޑރ. ޝަހީމަށް ތާއީދުކުރާކަން ހާމަކުރައްވައިފިއެވެ.

ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓްރީގެ ނައިބްކަންވެސް ކުރައްވާފައިވާ އައްޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ތާއީދުކުރައްވާކަން ހާމަކުރައްވަން ވަރަށް ގިނަ ދީނީ ޢިލްމްވެރިން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް މިވަގުތު ބައެއް ބޭފުޅުން ވަނީ ބޭސް ފަރުވާއަށާއި ޢުމްރާއަށް ފަދަ މުހިންމު ކަންކަމުގައި ރާއްޖެއިން ބޭރުގައި ކަމަށެވެ.



އެހެންނަމަވެސް ވަރަށް ކައިރި މުސްތަޤްބަލެއްގައި އެބޭފުޅުންވެސް އެބޭފުޅުންގެ ވިސްނުންފުޅު ހާމަކުރައްވާނެ ކަމަށެވެ.

ޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ މިއީ ރާއްޖޭގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި ލިބުނު ރަނުގެ ފުރުޞަތެއް ކަމަށެވެ. މިފުރުޞަތުގެ ބޭނުން ހިއްޕެވުމަށް ރާއްޖޭގެ ހުރިހާ އިލްމުވެރިން ތައްޔާރަށް ތިއްބެވުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިކަމުގައި ރާއްޖޭގެ ހުރިހާ، ކުދި ބޮޑު އެންމެން ގުޅިގެން ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.



މިމޭރުމުން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ތެރޭގައި ޝާފީ، ޒަހީން، ޤުބާދު، އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް، އައްޝައިޚް، މުޙައްމަދު ލަޠީފް، އައްޝައިޚް އިއްޒުއްދީން ޢަދްނާން އަދި އިތުރު 2 އިލްމުވެރިއަކު ހިމެނިވަޑައިގަންނަވައެވެ.
މިއަދު އޮންލައިން