ފެންފުށިން ގެއްލުނު މީހާ ކަނޑުމަތިން ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 42ސ
ފެންފުށިން ގެއްލުނު މީހާ ކަނޑުމަތިން ފެނިއްޖެ
އދ. ފެންފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ކަނޑުމަތިން ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އޭނާ ފެނިފައިވަނީ މަސްވެރިކަމަށް ނިކުމެ އުޅުނު ރ. އަލިފުށި ރާސްތާ- 2 ނަމަކަށް ކިޔާ ދޯންޏަކަށް، މިރޭ 19:15 ހާއިރު ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިސަރު މައުލޫމާތު ދީފައިވާ ގޮތުގައި، ފެންފުށިން ގެއްލިގެން ހޯދަމުން ދިޔައީ އެރަށު ޕޭންޒީގޭ އަދުނާނު އަހުމަދު (29އ.) ނަމަކަށް ކިޔާ ޒުވާނެކެވެ. އަދުނާނު ފެނިފައިވަނީ ފެންފުށީގެ ހުޅަނގު ދެކުނުން 20 ނޯޓިކަލް މޭލު ބޭރުން ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އަދުނާނު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާ ފެނޭތޯ އެމްއެންޑީއެފް ގެ ޑައިވަރުން ފެންފުށީ ފަޅުތެރެއާއި އުރަފަށުގައި ފީނާފައިވެއެވެ.
މިއަދު އޮންލައިން