ޝަކުވާތަށް އިސްލާހުކޮށް ވޯޓާރސް ލިސްޓު އިއުލާން ކޮށްފި

ކިޔުމަށް ހޭދަވާނީ 36ސ
ޝަކުވާތަށް އިސްލާހުކޮށް ވޯޓާރސް ލިސްޓު އިއުލާން ކޮށްފި
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހުކޮށް، އިލެކްޝަންސް ކޮމިޝަނުން މިއަދު އާ ލިސްޓު އާންމުކޮށްފިއެވެ.

ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިދިޔަ ޖޫން މަހު ހަމަވިއިރު 1700 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓާރސް ލިސްޓު މިއަދު އާންމުކުރީ 734 އިސްލާހަކާއެކުއެވެ.

އީސީގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ، މިއަދު އާންމު ކުރި ލިސްޓަށް ވެސް މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މިއަދު އޮންލައިން