ސުވާލު: "ބައްޕަމެންނާ ދެކޮޅަށް ކައިވެނިކުރުމުން ފާފަވެރިވާނެތޯ؟ ފިރިހެން ދަރިއަކަސް އަންހެން ދަރިއަކަސް މިކަން އޮތް ގޮތް ބުނެދެއްވުން އެދެން. އަދި މައިން ބަފައިން ބުނާ މީހަކާ ކައިވެނި ނުކޮށްފިނަމަ ފާފަވެރިވާނެތޯ؟"
ޖަވާބު: "ދީނީ ގޮތުންނާއި އަޚްލާޤީ ގޮތުން ރަނގަޅު ކުއްޖަކު ކައިވެނިކުރަން އެދި ހުށަހެޅުމުން އެކަމަށް ހުރަސް ނޭޅުމަށް ރަސޫލާ (ޞޢވ) އަމުރު ކުރައްވާފައިވޭ. ވީމާ ދީންވެރިއަކާއި ކައިވެނިކުރުމަށް ބައްޕަ ނުގަބޫލުވިނަމަވެސް އެކަން ކުރެވިދާނެ."
- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް