އިސްލާމް ދީނުގެ އަސާސަކާ ޚިލާފަށް މައިން ބަފައިންގެ އަމަލުތައް ހުރެއްޖެނަމަ ދަރިންނަށް އެކަން މަނާކުރެވޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އިސްލާމް ދީނުގެ އަސާސަކާ ޚިލާފަށް މައިން ބަފައިންގެ އަމަލުތައް ހުރެއްޖެނަމަ ދަރިންނަށް އެކަން މަނާކުރެވޭނެ: ޑރ. އިޔާޟް
އިސްލާމް ދީނުގެ އަސާސަކާއި ޚިލާފަށް މައިން ބަފައިންގެ އަމަލުތައް ހުރެއްޖެނަމަ ދަރިންނަށް އެކަން މަނާކުރެވޭނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ "މަންމަ އުޅޭ ގޮތާއިމެދު ހިތް ހަމަނުޖެހިގެން ދަރިންނަށް ބަސް ބުނެވޭނެތޯ؟ ދަރިންނަށް މައިން ބަފައިންނަށް އަމުރުކުރެވޭނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

ކުރުކުރު ސޯޓުކޮޅު ފަދަ ފޭރާން ލައިގެން މައިން ކައިރީ ފިހާރަތަކަށް ދާތީ އެގޮތަށް އެކަން ނުކުރުމަށް ދަރިއަކު ބުނުމުން ވަނީ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. މަންމަގެ ކޮޓަރިއަށް ހިލޭ ފިރިހެނުން ވައްދާތީ އެކަން ދަރިން މަނާކުރުމުން ވެސް ދާދިފަހުން ޢާއިލާއެއްގެ ތެރޭގައި ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފައެވެ.

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ މި ދެ ހާދިސާއާއި ގުޅިގެން މައިން ވަނީ ދަރިން ގެއިން ބޭރުކުރަންވެސް މަސައްކަތްކޮށްފައެވެ.
މިއަދު އޮންލައިން