އެޕާޓީގެ 3 ވަނަ ކޮންގްރެސްގައި އަސާސީ ޤަވާއިދަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ފާސްކޮށްފައިވާ ކަންކަމުގެ ތެރޭގައި މިހައި ތަނަށް ޕާޓީގެ ލީޑަރު ކަމުގައި ހުންނަވައި ޕާޓީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤާސިމް އިބްރާހީމް ވަކި ގޮތަކަށް ނިންމަވަންދެން ލީޑަރުގެ މަޤާމު ހުސްކޮށް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން ލީޑަރުގެ މަޤާމު ހުސްކޮށް އޮންނައިރު ލީޑަރުގެ މަސްއޫލިއްޔަތު އަދާކުރާނީ ޕާޓީގެ 4 ޑިޕިޔުޓީ ލީޑަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ޑިޕިޔުޓީ ލީޑަރެއް ކަމަށްވެސް ކޮންގްރެސްގައި ވަނީ ފާސްކޮށްފައެވެ.
ޕާޓީގެ ލީޑަރުކަމުގައި ހުންނެވި ޤާސިމް އިބްރާހީމްއަށް އެ މަޤާމަށް މިފަހަރު ކުރިމަތި ނުލެއްވެވުނީ ކްރިމިނަލް ކޯޓުން ރޭގަނޑު ދަންވަރު އިއްވި ބަޔާނަކީ ޙުކުމެއް ކަމަށް ސަރުކާރުން ބަލައިގަނެ އެމަނިކުފާނާއިމެދު ޙުކުމް ތަންފީޒުކުރަމުން ގެންދާ މީހަކާއި އެއްގޮތަށް އަމަލުކުރާތީއެވެ.
ޕާޓީގެ ލީޑަރުކަމަށް ކުރިމަތި ނުލެއްވެވުނު ނަމަވެސް އަދިވެސް އެމަނިކުފާނަކީ ޖޭޕީގެ ޕީޖީ ލީޑަރެވެ. މަޖިލިސް މެންބަރުކަން ގެއްލިވަޑައިގަންނަވާނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ "ޙުކުމަށް" ސްޕްރީމް ކޯޓުން ތާއީދުކޮށްފިނަމަ އެވެ.
Jumhooreee Party ge asaasee gavaaidhuge 23 vana maahdhaage (n’viyani) ge dhashun Party ge Leader ge masooliyathu adhaa kuraane Deputy Leader ey hama jehsumaai gulhey gothun mashvaraa koh ekamah Deputy Leader Dr Hussain Rasheed Hussain councilge aulabiyathun hovavaifi pic.twitter.com/p423ScxPpr
— Jumhooree Party (@Jumhooree_MV) June 28, 2018