އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު 7:03 ގައި މިއަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
މިއަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އެހެން ނަމަވެސް އެރިސޯޓުގެ ވޯޓަރ ވިލާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެވޯޓަރ ވިލާގައި ތިން ކޮޓަރި ހުންނައިރު, އެތިން ކޮޓަރިވެސް އަނދާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.