ގއ. ވިލިނގިލި ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން އެން ދެމުމަށް ވައި ފުޅި އަޅައިގެން ފީނި މީހަކު ޑީކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ.
މި ހާދިސާ ދިމާވި އިރު ދޯނި އޮތީ ގއ. ވިލިނގިލީގެ އިރުން 11 މޭލު ބޭރުގައި ކަމަށާއި މިކަމުގެ މަޢުލޫމާތު ލިބުމާއި އެކު ގއ. ވިލިނގިލި ސީ އެމްބިއުލާންސް އެ ސަރަހައްދަށް ގޮސް އުމުރުން 41 އަހަރުގެ އެމީހާ ސީ އެމްބިއުލާންސް އަށް ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެމީހާ ސިއްހީ އިތުރު ފަރުވާއަށް މިއަދު ހެނދުނު 10:30 ހާއިރު ގދ. ތިނަދޫ ހޮސްޕިޓަލަށް އެމްއެންޑީއެފްގެ އެހީގައި ގެންގޮސްދީފައިވެއެވެ.