އިސްލާޙު ކުރުމަށްފަހު ވޯޓާސް ލިސްޓު ޖުލައި 1 ގައި ނެރޭނަން- އިސީ

ކިޔުމަށް ހޭދަވާނީ 41ސ
އިސްލާޙު ކުރުމަށްފަހު ވޯޓާސް ލިސްޓު ޖުލައި 1 ގައި ނެރޭނަން- އިސީ
މިހިނގާ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވޯޓާސް ލިސްޓަށް ލިބުނު ޝަކުވާތަކާ ގުޅޭ މައްސަލަތައް އިސްލާހު ކުރުމަށްފަހު އާ ލިސްޓު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އާންމު ކުރާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ކުރިން ނެރުނު ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހު ކުރުމަށްފަހު ޖުލައި 1 ގައި ނެރޭ އާ ލިސްޓަށް ވެސް ޝަކުވާ ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި އެގޮތުން އެލިސްޓަށް ޝަކުވާ ހުށަހެޅުން އަންނަ މަހުގެ ދޭކުން ބާރައަށް ހުޅުވާލާނެ ކަމަށެވެ.

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިހާބުގެ، މިމަހުގެ ހާމަކުރި ވޯޓާސް ލިސްޓަށް ޖުމްލަ 1778 ޝަކުވާއެއް ހުށަހަޅާފައިވެއެވެ.
މިއަދު އޮންލައިން