ރާއްޖެއާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން، ރާއްޖޭގެ އިޤްތިސޯދީ ސަރަޙައްދުގައި އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކޯސްޓްގާޑާއި އިންޑިއާ ކަނޑުގެ ސިފައިން ގުޅިގެން ރާއްޖެގެ ޚާއްސަ އިޤްތިސޯދީ ސަރަޙައްދު ޕެޓްރޯލް ކުރަން ފަށާފައިވާ ކަމަށެވެ.
ނަމަވެސް މިއީ ކިތައް ދުވަހުގެ ހަރަކާތެއްކަމާއި މިއޮޕަރޭޝަން ކުރިއަށްދާ ސަރަޙައްދުގެ މައުލޫމާތެއް އަދި އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.
މިއީ ދެ ޤައުމުގެ ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ސިލްސިލާ އޮޕަރޭޝަނެކެވެ.