ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދާނީ މ. ކުނޫޒުގައި ކަމަށެވެ. އަދި ވޯލްޑް ކަޕްގެ މެޗްތައް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަކަމާއިއެކު ބަލައިލެވޭނެ އިންތިޒާމުތައް ކުނޫޒުގައި ހަމަޖެހިފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވީ މިހަރަކާތުގައި ވީހައި ގިނަބައަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި އަދި ކޮންމެ ސިޔާސީ ފިކުރެއްގެ މީހަކަށްވެސް ކުނޫޒުގައި މެޗްތައް ބަލާލައި އަދި ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. "ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް މިބާވަތުގެ އިޖުތިމާޢީ ހަރަކާތްތަކުގައި އެންމެން އެކުގައި ބައިވެރިވެ އުފާކޮށް ހެދުމުގެ ފުރުޞަތު ފަހިކޮށްދޭން އަޅުގަނޑުމެން ބޭނުންވަނީ."
ސަމީރު ވިދާޅުވީ މި ހަރަކާތްތައް ވެސް ކުރިއަށް ގެންދަނީ ރައްޔިތުންގެ އެއްބައިވަންތަކަމަށާއި ޒުވާނުންގެ ކުރިއެރުމަށް އިސްކަން ދެއްވައިގެން އަބަދުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އިސްނެންގެވުމަށް އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކަމަށެވެ. އަދި މިހަރަކާތްތައް ރަސްމީ ގޮތުން ރޭ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ފަށްޓަވައިދެއްވާފައި ކަމަށެވެ.
މިހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސްކޯ ދިމާކުރުމުގައި ބައިވެރިވުމަށް އެސްއެމްއެސްކުރަންޖެހޭ ނަމްބަރަކީ 7799335 އެވެ. މެޗް ފެށުމުގެ ކުރިން އެސްއެމްއެސް ކުރުން ބަންދުކުރާނެއެވެ.
ގުޅުންހުރި އަޑު، އިތުރު ތަފްޞީލްގެ އޯޑިއޯ: