މޭޖަރެއްގެ މަގާމުގައި ހުރި، ސިފައިންގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުން ދިޔަ އޮފިސަރަކު ވަޒީފާއިން ވަކި ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ސިފައިންގެ ވަޒީފާއިން ވަކި ކޮށްފައިވާ އަބްދުލް މުޙުސިން މުޙައްމަދު އަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ރައީސް ޔާމީން އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އެރޭ ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް އޮފިސަރެވެ.
ސިފައިންގެ ވަޒީފާއިން ވަކި ކުރުމުގެ ކުރިން، އޭނާވަނީ މޭޖަރ ރޭންކުން ކެޕްޓަން ރޭންކަށް ބަދަލުވެސް ކޮށްފައެވެ.