މާލޭ ގެއެއްގެ ގޭސް ހޮޅިއެއް ފަޅައިގެންގޮސް ބިދޭސީއެއްގެ 30% ފިހިއްޖެ

ކިޔުމަށް ހޭދަވާނީ 57ސ
މާލޭ ގެއެއްގެ ގޭސް ހޮޅިއެއް ފަޅައިގެންގޮސް ބިދޭސީއެއްގެ  30% ފިހިއްޖެ
ހ. ޕާކްސައިޑް ގެ ގޭސްހޮޅިއެއް ފަޅައިގެންގޮސް، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފް މީޑިއާ އޮފިޝަލުން މައުލޫމާތު ދީފައިިވާ ގޮތުގައި ދެ ދިވެއްސަކަށާއި އެއް ބިދޭސީ އަކަށެވެ. އޭގެ ތެރެއިން ބިދޭސީ މީހާގެ ހަށިގަނޑުން 30 އިންސައްތަ ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަނިޔަވި މީހުންނަށް މިވަގުތު އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެމުން ދާއިރު، ޝެލްބީންސްގެ ބަދިގެ ހަދާފައިހުންނަ އެގެއިން ބާރުގަދަ އަޑެއްގޮވައި ގޭސްހޮޅި ފަޅައިގެން ދިޔަކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު 6:18 ގައެވެ.

ޝެލްބީންސް ގެ ބޭކަރީ ވެސް ހިންގަމުންދާ އެގޭގެ ގޭސްހޮޅި ފަޅައިގެން ދިޔުމުގެ ސަބަބުން ދޮރުތަކުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް 300 އެއްހާ ފޫޓު ދުރުމިނަށް ވަނީ ބުރައިގެން ގޮސްފައެވެ. އެއިމާރާތުގެ ދެ ފަންގިފިލާއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ގޭގެ އެތެރޭގައި ހުރި ބައެއް މުދާތައްވެސް ވަނީ މަގުމައްޗަށް ބުރައިގެން ގޮސްފައެވެ.

ގޭސްހޮޅިއެއް ފަޅައިގެން ގޮސްގެން މިހާދިސާ ހިނގި ކަމަށް ބެލެވުނު ކަމުގައިވިޔަސް، މިހާދިސާ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މިއަދު އޮންލައިން