ވެއިޓަރުންނަށް ޓިިޕްސް ދިނުން ރިޝްވަތަށްވާކަން އެނގޭތަ؟

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ވެއިޓަރުންނަށް ޓިިޕްސް ދިނުން ރިޝްވަތަށްވާކަން އެނގޭތަ؟
ރެސްޓޯރަންޓްތަކާއި ހޮޓާތަކުން ކައި ބޮއި ހެދުމަށްފަހު ޚިދުމަތްކުރާ ވެއިޓަރަށް ކޮންމެވެސް މިންވަރެއް ޓިޕްސްެ ގޮތުގައި ގިނަ ބައަކު ދެއެވެ.

މިކަމުގެ ޙުކުމާއިމެދު ސުވާލުކުރުމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ރިޝްވަތަކަށް ނުވާ ގޮތަށް ދިނުން ހުއްދަވާނެ ކަމަށެވެ.

މާނައަކީ ވެއިޓަރު ދިން ޚިދުމަތުގެ އަގު ވަޒަންކޮށް ހަދިޔާގެ ގޮތުގައި އެއްޗެއް ދިނުން ހުއްދަ ކަމެވެ. އެހެން ނަމަވެސް ވެއިޓަރުގެ ބޭނުން ޙައްޤު ނޫން ގޮތުގައި ހިފުމަށްފަހު ދިނުމުން ޙުކުމް ބަދަލުވާނެއެވެ. މިސާލަކަށް ކިޔޫ ތަރުތީބުން އޯޑަރުތައް ތައްޔާރުކުރަމުން ޚިދުމަތް ދެމުން ދަނިކޮށް ވެއިޓަރު މެދުވެރިކޮށް ނުވަތަ އޭނާލައްވައި އެ ތަރުތީބު އޮޅުވައިލުން ފަދަ ކަމެއް ކުރުވުމަށްފަހު ދޭ ފައިސާ ވާނީ ރިޝްވަތަށެވެ.


މިއަދު އޮންލައިން