"ޙައިޟުވެރިޔާއަށް ފޯނާއި އައިޕޭޑް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކީރިތި ޤްރްއާން ކިޔެވޭނެއެވެ.
ހަމަ އެކަނި ނުކުރެވޭނެ ކަމަކީ މުޞްޙަފްގައި ބީހުމެވެ. އެއީ ވުޟޫ ނުކުރެވޭނެތީއެވެ. މުޞްހަފްގައި ބީހުން ހުއްދަ ވާނީ ވުޟޫކޮށްގެންނެވެ. އެހެންކަމުން މުޞްޙަފްގައި ބީހެވޭނީ ހައިޟުން ޠާހިރުވެވުމުންނެވެ.
މީގެ އިތުރުން އޭނާ ހިތުން ދަންނަ އާޔަތްތަކާއި ސޫރަތްތައްވެސް ހައިޟުގެ ދުވަސްވަރު ކިޔެވޭނެއެވެ."
މިއީ ހައިޟުވެރިން ކީރިތި ޤްރްއާން ކިޔެވުމާއިބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅެވެ. އެހެންކަމުން ހައިޟުގެ ދުވަސްވަރު ކީރިތި ޤްރްއާން ނުކިޔެވޭނެތީ ކަންބޮޑުވުމެއް ނެތެވެ. ކަންބޮޑުވާންވީ ކިޔެވެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ނުކިޔެވޭތީއެވެ.