މާހެފުން ބާއްވަންޖެހޭނީ އިސްރާފު ނުވާގޮތަށް އަދި ދެ ޖިންސު ވަކިން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
މާހެފުން ބާއްވަންޖެހޭނީ އިސްރާފު ނުވާގޮތަށް އަދި ދެ ޖިންސު ވަކިން: ޑރ. އިޔާޟް
ރަމަޟާން މަހާއި ގުޅުވައިގެން ބާއްވާ މާހެފުންތައްވެސް ބާއްވަންޖެހޭނީ ކާބޯތަކެތި އިސްރާފުނުވާ ގޮތަށް ކަމަށާއި އަދި އަންހެނުންނާއި ފިރިހެނުން "މިކްސް" ނުވާނެ ގޮތަށް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް ވިދާޅުވީ މާހެފުން ބޭއްވުމަކީ އެއިގެ ޒާތުގައި ގޯސް ކަމެއް ނޫން ކަމަށެވެ. އިސްރާފް ނުވާ ގޮތަށް އަދި ކަމުގެ ތެރޭގައި ދެ ޖިންސް މަސްހުނި ނުވާނެ ގޮތަށް ބާއްވައިފިނަމަ އެކަން ކުރުން އެންމެ ރަނގަޅުވާނެ ކަމަށެވެ.

މާހެފުން ފަދަ ޙަރަކާތްތައް ޢާއިލާގެ މެދުގައި ބާއްވާއިރުވެސް ކައިވެނި ހަލާލް، ނުވަތަ ހުއްދަ މީހުން ބައިވެރިވާނަމަ އެފަދަ މީހުން ތިބެންޖެހޭނީ ދެ ޖިންސް ވަކިންކަން ވެސް ޑރ. އިޔާޟް ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން