ބޭރު ޤައުމެއްގަ ޢަޤީޤާ ކަތިލުމަކީ މައްސަލައެއް ނޫން - އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ރަށުގަ ބައްޕަގެ އަތުން ކަތިލުން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ބޭރު ޤައުމެއްގަ ޢަޤީޤާ ކަތިލުމަކީ މައްސަލައެއް ނޫން - އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ރަށުގަ ބައްޕަގެ އަތުން ކަތިލުން: ޑރ. އިޔާޟް
ދަރިއަކު ލިބުމުން ނަންކިޔަން ޢަޤީޤާ ކަތިލާއިރު ބޭރު ޤައުމެއްގައި ޢަޤީޤާ ކަތިލުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ރަށުގައި ކުއްޖާގެ ބައްޕަގެ އަތުން ކަތިލުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބަކަރި ފަދަ ތަކެތި ލިބުން ދަތިކަމާއި އަދި އަގު ބޮޑުކަމުން ގިނަ ބައަކު މިހާރު ޢަޤީޤާ ކަތިލަނީ ބޭރު ޤައުމުތަކުގައެވެ. އެގޮތުން އެންމެ ގިނަ ބައަކު މިހާރު ކަތިލަނީ މިޞުރުންނެވެ. މިޞުރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން މެދުވެރިވެގެން 800 ވަރަކަށް ރުފިޔާއަށް ބަކައްޓެއް ކަތިލެވެއެވެ.

ޢަޤީޤާ ކަތިލުމަށްފަހު ފޮޓޯ އާއި ކަތިލިއިރުގެ ވީޑިއޯ ވެސް ފޮނުވައިދެއެވެ.

މިއަދު އޮންލައިން