ހުޅުމާލޭގައި ހުންނަ އެސްޓީއޯ ޕެޓްރޯލް ޝެޑެއް ކައިރީ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 36ސ
ހުޅުމާލޭގައި ހުންނަ އެސްޓީއޯ ޕެޓްރޯލް ޝެޑެއް ކައިރީ އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލޭ އެސްޓީއޯ ޕެޓްރޯލް ޝެޑް ކައިރީ ހުރި ލަކުނޑި ޖަމްބޯ ބޭގްތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް އެމްއެންޑީއެފް އިން މައުލޫމޓު ދެއްވައިފިއެވެ.

އެމްއެންޑީއެފް ގެ އިންފޮމޭޝަންސް އޮފިސަރ ކެޕްޓަމް އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި، މިއަލިފާނުގެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:00 ގައެވެ. ރިޕޯޓު ލިބުމާއިއެކު އަލިފާން ނިއްވާލުމަށް އެހީތެރިވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ރޯވި އަލިފާނގަނޑު, ފަސް ގަޑިއިރު ފަހުން މިހާރު ވަނީ ނިއްވާލެވިފައެވެ.

މިހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިއަދު އޮންލައިން